Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ލިންކް ރޯޑްގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެ

ލިންކް ރޯޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވުން. މި ހާދިސާގައި ކާރުގެ ޑޭޝް ބޯޑް ވިރުން ފިޔަވައި އިތުރު ގެއްލުމެއް ނުލިބޭ އައްޑޫލައިވް ފޮޓޯ: އަލީ ހުޒާމް

އައްޑޫ ސިޓީ ލިންކް ރޯޑްގައި ދުއްވާފައި ދިޔަ ކާރެއްގައި މިއަދު ރޯވެއްޖެ އެވެ.

ޕްރައިވެޓް ކާރެއްގައި ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އަލިފާން ރޯވުމުގެ ސަބަބުން ކާރުގެ ޑޭޝް ބޯޑަށް ގެއްލުން ވެފައި. އައްޑޫލައިވް ފޮޓޯ: އަލީ ހުޒާމް

މި ހާދިސާ ހިނގި ސަރަހައްދުގައި ހުރި 'އައްޑޫލައިވް' ގެ ނޫސްވެރިޔާ ބުނި ގޮތުގައި ރޯވެފައި ވަނީ ކާރު އޯވާ ހީޓްވެގެން ކަމަށެވެ. ކާރުގެ ޑޭޝް ބޯޑާއި ދިމާލުން ތިރީގައި ރޯވުމާއި އެކު ކާރު ދުއްވަން ހުރި މީހާ ވަނީ ކާރުން ފައިބައިފައެވެ.

މި ހާދިސާގައި ކާރުގެ ޑޭޝް ބޯޑް ވިރުން ފިޔަވައި އިތުރު ގެއްލުމެއް ކާރަށް ލިބިފައެއް ނުވެއެވެ.

ރުއްޖެހެރަ ސަރަހައްދުން ދުއްވާފައި ދިޔަ ކާރެއްގައި ރޯވެ އަނދަމުންދާ ކަމުގެ ރިޕޯޓް ކުރުމާ އެކު އެމްއެންޑީއެފް ސަދަން އޭރިއާގެ ފަޔަ އެންޑް ރެސްކިއު ސާވިސްގެ އަލިފާން ނިއްވާ މީހުން ވަނީ އެ ސަރަހައްދަށް ގޮސް ކާރުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފަ އެވެ.