Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

އޯވަ ހީޓްވެގެން ޑޭޝް ބޯޑް ވިރި ކާރު ވަރަށް ބޮޑަށް އަނދައިފި

މިއަދު ހެނދުނު ލިންކް ރޯޑުން ދުއްވާފައި ދަނިކޮށް ކުނިކޮށި ހިސާބުން އިންޖީނު ހޫނުވެގެން ޑޭޝް ބޯޑް ވިރުނު ހިތަދޫ ޕްރައިވެޓް ކާރުގައި ދާދި ދެންމެއަކު ވަރަށް ބޮޑަށް ރޯވެގެން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާގެ ފަޔަ އެންޑް ރެސްކިއު ސާވިސްއިންކޮށްފި އެވެ.

އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގެ އަރިމައްޗާ ދިމާލަށް ހުންނަ ގަރާޖު ހިންގާ ލަންކާ މީހާގެ ކާރުގައި ރޯވެފައި ވަނީ ގަރާޖް ކައިރީގައި ހުރި ގެއާ ދިމާލު މަގުމަތީގައި ކާރު ބާއްވާފައި އޮތްވަ އެވެ.

މި ހާދިސާގައި ކާރުގެ ބޭރުންނާ އެކު ކުރީކޮޅުން ވަނީ ވަރަށް ބޮޑަށް ވަނީ އަނދައިފަ އެވެ.

އެހެން ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.