Last Updated: June 23, 11:50
Tuesday, June 23, 2026
ކުޅިވަރު

ރޮނާލްޑޯ އަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ

ސްޕެއިންގެ ރިއަލް މެޑްރިޑަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ އެވެ.

ޕޯޗުގަލްގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރޮނާލްޑޯ އަށް މިފަހަރު ލިބިފައި ވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ފުރަތަމަ ދަރިފުޅަށް ރޮނާލްޑޯގެ ނަމުން ނަން ދީފައިވާ އިރު މިފަހަރުގެ ކުދިންނަށް ނަން ދީފައިވަނީ އީވާ އަދި މަޓެއޯގެ ނަމުންނެވެ.

ނަމަވެސް ކްރިސްޓިއާނޯ ވަނީ މިކަން އަދި ސިއްރުކޮށްފަ އެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ކްރިސްޓިއާނޯ މިފަހަރު ވެސް ކުދިން ހޯދާފައި ވަނީ ސަރޮގެސީ މެދުވެރިކޮށެވެ.

އޭނާގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ހުރީ ބަލިވެ ނޫން ކަން ރޮނާލްޑޯގެ މަންމަ ވަނީ ކަށަވަރުކޮށް ދީފަ އެވެ.

ޕޯޗްގަލްގެ ތަރި، ރޮނާލްޑޯ އަށް 2010 ވަނަ އަހަރު އޭނާގެ ފުރަތަމަ ދަރިފުޅު ލިބުނީ ވެސް ސަރޮގެސީ މެދުވެރިކޮށެވެ. ރޮނާލްޑޯ ވަނީ ޖޫނިއާގެ މަންމަ ސިއްރުކޮށްފަ އެވެ.