Last Updated: April 24, 06:02
Wednesday, April 24, 2024
ޚަބަރު

އިމްޖާދު ރައީސް އޮފީހަށް

ދިރާގުގެ ކުރީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިބްރާހީމް އިމްޖާދު ޖަލީލު ރައީސް އޮފީހުގެ ޗީފް ކޮމިއުކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމަށް ހަމަޖައްސައިފި އެވެ.

އެނގިފައިވާ ގޮތުގައި އޭނާ ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަތީ މިއަދު އެވެ.

ޕަބްލިކް ރިލޭޝަންސްގެ ދާއިރާ އިން ކިޔަވައިގެން ހުންނެވި އިމްޖާދު ވަނީ ދިރާގުގެ މާކެޓިން މެނޭޖަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.

އިމްޖާދު ސިޔާސީ މަގާމަކަށް ވަޑައިގެންނެވި އިރު، އޭނާއަކީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ކަމާލުއްދީންގެ ދަރިއަކާ ކައިވެނި ބައްލަވައިގެން އުޅުއްވާ ބޭފުޅެކެވެ.