Last Updated: July 26, 18:11
Monday, July 27, 2026
ކުޅިވަރު

ޑީސީ އަތުން ބަލިވެ ސްކޫޕް ވެސް މުބާރާތުން ކަޓައިފި

ޑީސީ ސްޕޯޓްސް އާއި ސްކޫޕް ބައްދަލުކުރި މެޗްގެ ޝަރަފުވެރި މެހެމާން، ދިރާގު ސަދަން އޮޕަރޭޝަންސް މެނޭޖަރ ނަދީމް ދެ ޓީމުގެ ކުޅުންތެރިންނާއި ސަލާމް ކުރައްވަނީ. ފޮޓޯ: އިބްރާހިމް އަބްދުﷲ/އައްޑޫލައިވް

ގޯދިއްޔާ ފުޓްސަލް މުބާރާތުގައި މިރޭ ކުޅުނު މެޗްގައި ޑީސީ ސްޕޯޓް ކްލަބް އަތުން ބަލިވެ ސްކޫޕް ކަންމަތި މުބާރާތުން ކަޓައިފިއެވެ.

މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމްގައި ކުޅުނު މިމެޗް ޑީސީ ސްޕޯޓްސް އިން ކާމިޔާބު ކުރީ 2-4 އިންނެވެ.

މިރޭގެ މެޗަށް ނިކުތް އިރު ވެސް މުބާރާތުން ކަޓާފައިވާ ޑީސީ އިން ވަނީ މިމެޗްގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެޓީމުގެ އަހްމަދް ޒާހިރް 2 ލަނޑު ޖަހާފައިވާއިރު ދެން އެޓީމަށް ގޯލްތައް ކާމިޔާބުކޮށްދިނީ މޫސާ އަތޫން އާއި ހަސަން މުފީދެވެ.

ޑީސީ ސްޕޯޓްސް އާއި ސްކޫޕް ބައްދަލުކުރި މެޗްގެ ތެރެއިން. މިމެޗް 2-4 އިން ކާމިޔާބު ކުރީ ޑީސީ ސްޕޯޓްސް ކްލަބް. ފޮޓޯ: އިބްރާހިމް އަބްދުﷲ/އައްޑޫލައިވް

ސްކޫޕް ކަންމަތީގެ ގޯލްތައް އެޓީމަށް ކާމިޔާބުކޮށްދިނީ، މުހައްމަދު ސައީދް(ލޮޖާ) އާއި ހޫދް ލަތީފެވެ.

ޑީސީ ސްޕޯޓްސް އިން މުބާރާތުގައި ކުޅުނު 4 މެޗްގެ ތެރެއިން ތިން މެޗުން އެޓީމު ބަލިވެފައިވާއިރު، ސްކޫޕް ކަންމަތި އަދި ކުޅުނު 3 މެޗުން ވެސް އެޓީމް ވަނީ ބަލިވެފައެވެ. ސްކޫޕްގެ ފަހު މެޗްގައި އެޓީމު ނިކުންނާނީ މިމަހުގެ 15 ވަނަ ދުވަހު މަރަދޫ ޒިލޯން އާއި ދެކޮޅަށެވެ.

ގްރޫޕް ސީ އިން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައި ވަނީ އެފްސީ ބޭރުމަތި އާއި ޔުނައިޓެޑް ފްރެންޑްސް އެވެ. އެ ދެޓީމަށް ވެސް 9 ޕޮއިންޓް ލިބިފައިވާއިރު ގޯލުގެ ތަފާތުން އެއްވަނަ ލިބެނީ ޔުނައިޓެޑް ފްރެންޑްސް އަށެވެ.

އެހެން ނަމަވެސް މާދަމާ ރޭ މި ދެޓީމް ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކަށް ގްރޫޕްގެ 1 ވަނަ ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.