ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަށާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތް އިބްރާހީމަށް ޝުކުރު އަދާކުރައްވަނީ، އެކަން ކުރައްވަން ޖެހޭތީ ކަމަށް ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރ އަބްދުﷲ އަބްދުއްރަހީމް(އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ނައިބު ރައީސް ކަން ވެސް ކުރައްވާ އަބްދުއްރަހީމް އަބްދުﷲ މިހެން ވިދާޅުވީ، ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
"ރައީސް ޔާމީނާށާއި މެޑަމް ފާތުންނަށް ޝުކުރު އަދާކުރާތީ ބައެއް މެމްބަރުން ވަރަށް ކަންބޮޑުވޭ. ޝުކުރު އަދާކުރަނީ އަދާކުރަންޖެހޭތީ."
ރައީސް ޔާމީނާށާއި މެޑަމް ފާތުން އަށް ޕީޕީއެމްގެ މެންބަރުން ޝުކުރު އަދާކުރާތީ ބައެއް މެމްބަރުން ވަރަށް ކަންބޮޑުވާތީ އެކަމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ޝުކުރު އަދާކުރަނީ އަދާކުރަންޖެހޭތީ ކަމަށެވެ.
އަދުރޭ ވިދާޅުވީ، މީގެ ކުރިން ރައިސްކަން ކުރި ފަރާތްތަކާއި ފަސްލޭޑީކަން ކުރި އެއްވެސް ފަރާތަކަށް ރައީސް ޔާމީން އާއި މެޑަމް ފާތުން ހިދްމަތް ކޮށްދެއްވާ ވަރަށް ޚިދުމަތްކޮށް ނުދެވޭ ކަމަށެވެ.