Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

ކާނަލް ނަޝީދު ތައިލޭންޑްގެ ސަފީރު ކަމަށް ރުހުން ދީފި

photo: v news

ދިވެހި ރާއްޖެއިން ތައިލޭންޑަށް ކަނޑައަޅާ ސަފީރު ކަމަށް އައްޔަން ކުރުމަށް ކުރީގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު(ކާނަލް) އަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ޑީއާރްޕީގެ ލީޑަރުގެ މަގާމުވެސް ފުރުއްވަމުން އަންނަ ކާނަލް ނަޝީދު ތައިލޭންޑުގެ ސަފީރުކަމަށް އައްޔަން ކުރުމަށް ފެނޭތޯ އެހި ވޯޓުގައި ބައިވެރިވި 70 މެމްބަރުންވެސް ވަނީ ވޯޓު ފެނޭ ކަމަށް ވޯޓު ދީފައެވެ.

ކުރިން އެމްޑީޕީގައި ހުންނެވި ނަޝީދު ވަނީ ފަހުން ޑީއާރްޕީ އަށް ބަދަލުވެ، އެޕާޓީގެ ލީޑަރޝިޕް ދޫކުރައްވައި އަހުމަދް ތަސްމީން އަލީ އެމްޑީޕީއަށް ބަދަލުވި ފަހުން ނަޝީދު ވަނީ ޕާޓީގެ ލީޑަރު ކަމަށް އައްޔަން ކުރެވިފައެވެ.

ނަޝީދު ވަނީ އާ ގާނޫނު އަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ މާލޭ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައެވެ. އޭނާ ވަނީ ޑީއާރްޕީގެ ލީޑަރުކަމާއި ހަވާލުވުމަށްފަހު މި ސަރުކާރާއި އެއްކޮޅަށް އަރައި ސަރުކާރަށް ބައިއަތު ހިފާފައެވެ.