Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

ގަތަރު ސަފީރާ ނަޝީދު ބައްދަލު ކުރައްވައިފި

އަވަށްޓެރި ސްރީ ލަންކާއާއި ދިވެހި ރާއްޖެއަށް ގަތަރުން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، ރާޝިދު ޝަފީޢާ އަލް މާރީއާއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާގެ ކޮލޮމްބޯގައި ބައްދަލުކުރައްވައިފިއެވެ.

މިހާރު ސްރީ ލަންކާއަށް ވަޑައިގެން އުޅުއްވާ ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގަތަރު ސަފީރާއި ބައްދަލުކޮށް، ރާއްޖޭގެ ސިޔާސީ މަސްރަހާއި މެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން ރައީސް ޔާމީންގެ ވެރިކަން "ކޮމްޕްރޮމައިޒް" ވެފައިވާ ކަމަށާއި ސަރުކާރުން ގަތަރާއި ސިޔާސީ ގުޅުން ކަނޑާފައިވިނަމަވެސް ދިވެހި ރައްޔިތުން ތިބީ ގަތަރާއި އެކުގައި ކަމަށް ނަޝީދު ވަނީ ސަފީރު ކައިރީ ވިދާޅުވެފައެވެ.

ގަލްފް ސަރަހައްދުގެ ގައުމު ތަކުގެ އެތެރޭގެ މައްސަލަތައް ހޫނުވެ ސައުދީ އިން އިސްނަގައިގެން ގަތަރާއި ގުޅުން ކަނޑާލާފައިވާއިރު ބަހުރެއިން، މިސްރު، ޔޫއޭއީއާއެކު ދިވެހި ރާއްޖެއިންވެސް ވަނީ މިދިޔަ ހަފްތާގައި ގަތަރާ ސިޔާސީ ގުޅުން ކަނޑާލާފައެވެ.