Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ގަތަރާ އެކު ގުޅުން އިޔާދަ ކުރަން ޑރ. އިޔާޒް އިލްތިމާސްކޮށްފި

ދިވެހިރާއްޖެއިން ގަތަރާއެކު ބާއްވަމުން އައި ގުޅުން އަލުން އިޔާދަކުރުމަށް ދިވެހި ސަރުކާރަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް އިލްތިމާސް ކުރައްވައިފިއެވެ.

ޑރ. އިޔާޒް މިގޮތަށް އިލްތިމާސްކުރައްވާފައި ވަނީ، ރާއްޖެއިން ގަތަރާއެކު ބާއްވަމުން އައި ގުޅުން ކަނޑާލުމާއި ގުޅިގެން އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައި މިމަހުގެ 7 ވަނަ ދުވަހު ފޭސްބުކްގައި އާންމު ކުރެއްވި ޕޯސްޓެއްގަައެވެ.

ޓެރަރިޒަމާއި ހަރުކަށިކަމާއި ހައްދުފަހަނަޅާ ދިއުމުގެ ދެކޮޅުނުޖެހޭ އިލްޒާމް އެޅުވުމަށް ފަހު ޤަތަރާއި ގުޅުން ކަނޑާލި އިރު އިޒްރޭލާއި އެކު ސަރުކާރުން ގުޅުން ގާއިމްކޮށްފައި އޮތުމަކީ، ދެކޮޅު ނުޖެހޭ ކަމެއްގެ ގޮތުގައި ޑރ. އިޔާޒް ވަނީ ސިފަކުރައްވާފައެވެ.

"ޓެރަރިޒަމާއި ހަރުކަށިކަމާއި ހައްދުފަހަނަޅާ ދިއުމުގެ ދެކޮޅުނުޖެހޭ އިލްޒާމް އެޅުވުމަށް ފަހު ސަރުކަރުން ޤަތަރު އާއި ގުޅުން ކަނޑާލިކަން އިއުލާންކުރި ހިނދު،(…) ޓެރަރިސްޓް އިޒްރޭލާއި އެކު ދިވެހި ސަރުކާރުން ގުޅުން ޤާއިމްކޮށްފައި އޮތުމަކީ، ސަރުކާރުގެ ދައުވާތަކުގެ ދެކޮޅު ނުޖެހޭކަން ހާމަކޮށްދޭ ކަމެކެވެ."

ޑރި. އިޔާޒް ވިދާޅުވި ގޮތުގައި ޤަތަރަކީ ދިވެހިރާއްޖެ އަށާއި ހާލުގައި ޖެހިފައިވާ އެތައް މިލިއން މުސްލިމުންނަށް އެހީތެރިވަމުން އަންނަ އިސްލާމީ ދައުލަތަކަށް ވެފައި ހައްގަކާ ނުލައި ބަދުނާމުކޮށް ކުޅުން ކަނޑާލުމަކީ އިސްލާމީ ޝަރީއަތުގައި އެއްވެސް ހައިސިއްޔަތަކުން ސާބިތުކުރެވޭނެ ކަމަށް ނޫން ކަމަށެވެ. އަދި އެއީ އެއްވެސް މިންވަރަކަށް ހުއްދަކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ދައުލަތް ހިންގުމާއި ގުޅޭގޮތުން އިސްލާމީ ޝަރީޢަތުގެ އިރުޝާދަކީ، އިސްލާމުން ބައިބައިކޮށް ގުޅުން ކަނޑާލުމުގެ ބަދަލުގައި ގުޅުންތައް އިތުރަށް ބަދަހިކޮށް އެއްބައިވަންތަކުރުވުމެވެ."

ފޭސްބުކް މެދުވެރިކޮށް ޑރ. އިޔާޒް އެހެން ކަމުން ދިވެހި ސަރުކާރުގެ ނިންމުން އަލުން މުރާޖައާކޮށް ކުރިއެކޭ އެއްގޮތަށް ޤަތަރާއި ގުޅުން ގާއިމްކުރުމަށް ގޮވާލައި އިލްތިމާސްކޮށްފި