މަރަދޫފޭދޫގައި ރޭ ހިނގި އެކްސިޑެންޓެއްގައި ނިޔާވި ހިތަދޫ، ގަސްރު ހައުސް، މޫގިލް ރަޝީދުގެ ކަށު ނަމާދު މިއަދު އަސުރު ނަމާދަށް ފަހު ބާއްވަން އާއިލާ އިން ނިންމައިފި އެވެ.
މޫގިލްގެ ކަށު ނަމާދު އޮންނާނީ ހިތަދޫ، މަސްޖިދުއް ތަޤްވާ (ހުސަން މޫސާ މިސްކިތް) ގައެވެ.
މޫގިލް ނިޔާވެފައި ވަނީ، ރޭ 1:30 ހާއިރު، މަރަދޫ ފޭދޫ ބޮޑުމަގުން އޭނާ ދުއްވާފައި ދިޔަ ސައިކަލް ކަހާލައިގެން ވެއްޓި ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށެވެ.