Last Updated: April 26, 18:02
Friday, April 26, 2024
މުނިފޫހިފިލުވުން

"ޑެޑީ" ގެ ޓްރެއިލާ މިއޮތީ، ކަމުދޭތޯ ބަލާބަލަ

ބޮލީވުޑްގެ އެކްޓަރު އަރުޖުން ރާމްޕާލްގެ އެންމެ ފަހުގެ ފިލްމް "ޑެޑީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މިއީ މުމްބާއީގެ ގޭންސްޓާ އަރުން ގަވާލީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގައި އަރުޖުން ކުޅެފައި ވަނީ އަރުންގެ ރޯލެވެ.

އަންނަ މަހުގެ 211 ރިލީޒް ކުރަން ހަމަޖެހިފައިވާ "ޑެޑީ" ޑައިރެކްޓްކޮށްފައި ވަނީ އާޝިމް އަހުލުވާލިއާ އެވެ.

މި ފިލްމުން އަރުޖުންއާ އެކު އަލަށް ތައާރަފުވާ އައިޝްވާރިއާ ރާޖޭޝް މުހިއްމު ރޯލަކުން ފެނިގެން ދާނެ އެވެ.

"ޑެޑީ" އަކީ އަރުޖުން، 44، ޕްރޮޑިއުސް ވެސްކޮށްފައިވާ ފިލްމެކެވެ.