އައްޑޫ ސިޓީ، ހިތަދޫ ސްކޫލުން ކުނިނެގުން އައުޓްސޯސް ކުރުމަށް ނިންމައި އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
މިމަހުގެ 11 ވަނަ ދުވަހު އެ ސްކޫލުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން އެކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަނެއް، 18 ޖޫން 2017 ވާ އާދީއްތަ ދުވަހު ހެނދުނު 11:00 އޮންނާނެއެވެ.
މި އިއުލާނުގެ ދަށުން އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި އަކީ، 22 ޖޫން 2017 ވާ ބުރާސްފަތި ދުވަހު 11:00 އެވެ.
ހިތަދޫ ސްކޫލުން ކުރި އިއުލާނުގައި ބުނެފައި ވަނީ، އެ އިއުލާނުގެ ދަށުން 11 ވަނަ ދުވަހު މައުލޫމާތު، ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ.