ފުވައްމުލަކު ސިޓީއަކަށް ބަދަލުކުރުމުން ހުރިހާ ގެއްލުމެއް ލިބެމުންދަނީ ރަށު ރައްޔިތުންނަށް ކަމަށް ކުރީގެ ޔޫތް މިނިސްޓަރު، މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ ވަޒީރު މިހެން ވިދާޅުވެފައިވަނީ ފުވައްމުލަކު ސިޓީއަކަށް ބަދަލުކުރުމުން އެރަށުގެ ގިނަ ރައްޔިތުންގެ ވަޒީފާ ގެއްލެމުންދާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވަމުން ކުރި ޓުވީޓެއްގައެވެ.
Fuvahmulaku "Sitee" akah badhalukurumun hurihaa gellumeh rayyithunnah. Rashuga huri madhu vazeefaa thakun muvahzafun vaki kuranee.
— Mohamed Maleeh Jamal (@maleehjamal) June 14, 2017
އޭނާ ވިދާޅުވެފައިވަނީ ސިޓީއަކަށް ފުވައްމުލަކު ބަދަލުކުރުމުން ރަށު ރައްޔިތުންނަށް ލިބެނީ ހުސް ގެއްލުން ކަމަށެވެ. ރަށުގައި މިހާރުވެސް ހުރި މަދު ވަޒީފާ ތަކުން މުވައްޒިފުން ވަކިކުރުމަކީ ރައްޔިތުންނަށް ލިބޭ ގެއްލުމެއް ކަމަށް މަލީހު ވަނީ އިތުރުކޮށްފައެވެ.
ފުވައްމުލަކުގެ ގިނަ ވަޒީފާތަކެއް ސިޓީއަކަށް ބަދަލުކުރުމުން އުވިގެން ގޮސްފައިވާއިރު އެވަޒީފާތައް އަދާކުރި މުވައްޒިފުން ވަޒީފާތަކުން ވަކިކޮށްފައިވަނީ އިތުރު ހައްލެއް ނުލިބިއެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ފުވައްމުލަކަށް ސިޓީގެ ދަރަޖަ ދެއްވާފައިވަނީ ރައީސުލްޖުމުހޫރިއްޔާ އަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ރައީސް ޔާމީނެވެ. ފުވައްމުލަކު ސިޓީއަކަށް ހެދުމަށްފަހު ބޭއްވި ފުރަތަމަ ކައުންސިލް އިންތިޚާބުގައި އިދިކޮޅު އެމްޑީޕީއިން ވަނީ ކައުންސިލްގެ މެޖޯރިޓީ ނަގާފައެވެ.