Last Updated: March 28, 14:17
Thursday, March 28, 2024
ރިޕޯޓް

ރޯދަ ރަހަ: ކަޓްލެޓްސް

* ބޭނުންވާ ތަކެތި:

1 ދަޅު މަސް
1 ޖޯޑު އަލުވި (ފެނުކައްކާފައި، މޮޑެފައި)
1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)
1/3 ޖޯޑް ހިކަނދިފަތް (ކުދިކޮށް ކޮށާފައި)
1 ސައިސަމުސާ އަސޭމިރުސް
2 ފިޔާ (ކުދިކޮށް ކޮށާފައި)
1 ލުނބޯގެ ހުތް
4 ބިސް (ގިރާފައި)
2 ޖޯޑު ފާރޮށިކުނޑި
ތެޔޮ (ތެލުލުމަށްޓަކައި)
ލޮނު

* ތައްޔާރު ކުރާނެ ގޮތް:

ފިޔާ، މިރުސް، ހިކަނދިފަތް އަދި ލޮނު އެއްކޮށް މޮޑެލާށެވެ. އޭގެ ތެރެއަށް ލުނބޯ ހުތް އަޅާފައި އެއްކޮށްލުމަށްފަހު އަލުވިކޮޅު އަޅާލާށެވެ. ރަނގަޅަށް މޮޑެލުމަށްފަހު މަސްދަޅު ވެސް އަޅާލާށެވެ.
ހުރިހާ އެއްޗެއް އެއްކޮށްލުމަށް ފަހު އެންމެ ފަހުން އަސޭމިރުސްކޮޅު އަޅާފައި މޮޑެލާށެވެ. ދެން މަސްގަނޑުން ކުޑަ ގުޅަ ހަދާލާށެވެ. އެ ގުޅަތައް ގިރާފައި ހުރި ބިސް އެތީގެ ތެރެއަށް ލުމަށްފަހު ފެން ފާރޮށިކުނޑި އެއްޗަށް ލާށެވެ. ވަށައިގެން ރަނގަޅަށް ފާރޮށިކުނޑި ހާކާށެވެ.
އުނދުން މައްޗަށް ތެޔޮ އެއްޗެއް އުދާފައި، ތެޔޮ ހޫނުވީމާ ފާރޮށިކުނޑި ލާފައި ހުރި ކަޓްލެޓްސްތައް ރަތްވަންދެން ތެލުލާށެވެ.