ޚަބަރު

ސަރުކާރުގެ ބަލާވެރިކަމާ ހުރެ ފަނޑިޔާރުންނަށް ނުނިދޭ: ޣަފޫރު

ދިވެހިރާއްޖޭގެ ކޯޓުތަކުގައި ތިއްބެވި "ފަނޑިޔާރުންނަށް ނުނިދިގެން އުޅެނީ ސަރުކާރުގެ 'ބަލާވެރިކަމާއި' ހުރެ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރ ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

މެންބަރ ޢަބްދުލްޣަފޫރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2017 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 6 ވަނަ ޖަލްސާގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާޙާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

ޢަބްދުލް ޢަފޫރު ސިފަކުރެއްވި ގޮތުގައި ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙަކީ، "އަނެއްކާވެސް ކޯޓުތަކުގެ ތެރެއަށް އަތް ބާނަންވެގެން ރާވާފައިވާ ނުލަފާ
ހީލަތްތެރި ރޭވުމެއް" ގެ ގޮތުގައެވެ.

"މި އޮތީ ހަމަ އަނެއްކާވެސް ކޯޓުތަކުގެ ތެރެއަުށް އަތްބާނަންވެގެން ނުލަފާ ހީލަތްތެރި ރޭވުމެއް މި އޮތީ ފޮނުވާފައި މި ތަނަށް. ކީއްކުރަންތޯ މި އުޅެނީ؟ އަބަދު ތި މުދާގަނޑާއި ދައުލަތުގައި

މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު އަބްދުލްޢަފޫރު ވަނީ މަޖިލީހުގެ ރައީސް އިސްވެ ހުންނަވައި ކުރައްވަމުން ގެންދަވާ ކަންތަކަށް ނިމުމެއް ގެންނަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ދިވެހިރާއްޖެ އަކީ ރައްޔިތުންގެ ޤައުމެއް ކަން ފާހަގަކުރައްވައި އަބްދުލްޢަފޫރު ވިދާޅުވީ އެއްވެސް މީހަކަށް އަނިޔާވެރިވެގެންނުވާނެ ކަމަށާއި އެއްވެސް މީހެއްގެ ޙައްޤެއް ނިގުޅައިގެނެވިގެންނުވާނެ ކަމަށެވެ.

"އެހެންނަމަވެސް، ހަމަ އަޅުގަނޑެއް ނޫނޭ، ކޯޓުންނޭ ކުރަނީ. ކޯޓުތަކުގައި ތިބި ފަނޑިޔާރުންނަުށް ނުނިދިގެން އެ އުޅެނީމި ސަރުކާރުގެ ބަލާވެރިކަމާ ހުރެ. ގެއަުށް ނުވަދެވިގެން އެ އުޅެނީ. ބިޑި ހިފައިގެން ދޮރުމަތީގައި ތިބެނީ."

ކޯޓުތަކުން ނިންމާ ނިންމުންތަކާއި ގުޅިގެން ސަރުކާރުން ދައްކާ ވާހަކަތަކަށް ވެސް މަޖިލީހުގެ ޖަލްސާގައި އަބްދުލްޢަފޫރު ވަނީ ރައްދު ދެއްވާފައެވެ. ސަރުކާރުން ކުރަމުން ގެންދާ ކަންތައް އެނގޭ ކަން ފާހަގަކުރައްވައި އަބްދުލްޢަފޫރު ވިދާޅުވީ އެއީ ދުނިޔެ ޤަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ.