އަންނަ ސެޕްޓެމްބަރު މަހުގެ 10 ގައި މެޕްސް ކޮލެޖުން ބާއްވާ އެ ކޮލެޖުގެ ބައިނަލް އަގުވާމީ ކޮންފަރެންސުގައި ބައިވެރިވުމަށް އާންމުންނަށް ފުރުސަތު ހުޅުވާލައިފިއެވެ.
ސެޕްޓެމްބަރު 10 އަދި 11 "ފޭސިންގް ދަ ފިއުޗާ: ޗެލެންޖަސް އެންޑް އޮޕަޗޫނިޓީސް ފޯ ޔޫތް އިން ދަ ރީޖަން" ޝިއާރުގެ ދަށުން ބޭއްވުމަށް ހަމަޖެހިފައިވާ މިކޮންފަރެންސަކީ މުޅި ދުނިޔެއަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ ކޮންފަރެންސެކެވެ.
މެޕްސް ކޮލެޖުން މައުލޫމާތު ދީފައިވާ ގޮތުގައި މިކޮންފަރެންސަކީ ދިރާސީ ކަރުދާސް ހުށައެޅުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ބާއްވާ ކޮންފަރެންސެކެވެ. އެގޮތުން ތައުލީމީ، ގޮވަނެންސް، އަދި އެންޓްރަޕްރަނާޝިޕް ގެ ދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކާއި ލިބޭ ފުރުސަތުތަކުގެ މައްޗަށް ބިނާކޮށް ބައިވެރިން ދިރާސީ ކަރުދާސް ހުށައަޅަން ޖެހޭނެއެވެ.
ދިރާސީ ކަރުދާސް ހުށައެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 29 ވަނަ ދުވަހެވެ. ހުށައެޅުންތައް ބަލައިގަތްކަން ބައިވެރިންނަށް އަންގާނީ އަންނަ އޯގަސްޓު މަހުގެ 10 ވަނަ ދުވަހުގައި ކަމަށް މައުލޫމާތު ދީފައިވެއެވެ.
މިކޮންފަރެންސުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީޚުތަކަކީ އޮގަސްޓު 21-24 އެވެ. ބައިވެރިވުމަށް 750ރ. ގެ ފީއެއް ދައްކަން ޖެހޭނެއެވެ. ނަމަވެސް ޖުލައި 20 ގެ ކުރިން ބައިވެރިވާ ފަރާތްތަކުން ދައްކަން ޖެހޭނީ 500ރ. ގެ ފީއެއް ކަމަށްވެސް މެޕްސް އިން ބުނެފައިވެއެވެ.
މެޕްސް އިން ބުނެފައިވަނީ މި ފީ އަކީ ބައިވެރިން ކޮންފަރެންސުގައި ބޭނުންކުރާ ތަކެތި ހޯދުމަށާއި ކެމުގެ ޚަރަދު ހިންގުމަށް ނެގޭ ފީއެއް ކަމަށެވެ. އެހެންނަމަވެސް ހުރުމުގެ ޚަރަދު އޭގައި ނުހިމެނޭ ކަމަށް އެކޮލެޖުން މައުލޫމާތު ދީފައިވެއެވެ.
ބައިވެރިން ހުށައެޅުންތައް [email protected] މެއިލް ކުރުމުން ބަލައިގަންނާނެއެވެ.