Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ލޭނު މަސްވެރިކަމުގެ ތަމްރީނަކަށް ހުޅުވާލައިފި

ދިވެހި މަސްވެރިންނަށް ލޭނު މަސްވެރިކަމުގެ ޢަމަލީ ތަޖުރިބާ ފޯރުކޮށް ދިނުމުގެ ޕްރޮގްރާމެއް ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު އައްޑޫގެ މަސްވެރިންނަށް ވެސް ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ލޭނު އެޅުމަށް ބޭނުން ކުރާ އާލާތްތަކަށް އަހުލުވެރިކޮށް ތިއަރީ ސެޝަންތަކާއި، ޢަމަލީ މަސައްކަތްތަކެއްގެ މައްޗަށް ބަހާލައިގެންނެވެ.

މިނިސްޓްރީން ބުނީ ޢަމަލީ މަސައްކަތް ކުރިއަށް ގެންދާނީ ލޭނު އެޅުމަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ އުޅަނދުފަހަރުގައި ކަމަށެވެ.

އެހެންވެ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ އައްޑޫގެ މަސްވެރިން އަންނަ މަހުގެ 2 ގެ ކުރިން އައްޑޫ ސިޓީ ކައުންސިލްގައި ނަން ނޯޓް ކުރަން ޖެހެ އެވެ.