Last Updated: June 23, 11:50
Tuesday, June 23, 2026
ޚަބަރު

"ސްޓީލިން ޕެރެޑައިސް" ދައްކައިގެން މީޑިއާނެޓް ޖޫރިމަނާކޮށްފި

އަލްޖަޒީރާ އިން ނެރުނު "ސްޓީލިން ޕެރެޑައިސް" ދެއްކުމުން މީޑިޔާނެޓް ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިޔާނެޓް ޖޫރިމަނާކޮށްފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓެއް ދެއްކުމުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ޖޫރިމަނާގެ ފައިސާ ދެއްކުމަށް މީޑިޔާނެޓަށް އެއް މަސް ދުވަހުގެ މުހުލަތެއް ދީފައިވާ އިރު ރައްޔިތުންގެ ކިބައިން މައާފަށް އެދި ބަޔާނެއް ނެރުމަށް ބްރޯޑްކޮމް އިން ވަނީ މީޑިޔާ ނެޓަށް އަންގައިފަ އެވެ.