ޚަބަރު

ރޯދަ ރަހަ: ޓްރެޑިޝަނަލް ބޭކަޑް ޗީޒްކޭކް

ބޭނުންވާ ތަކެތި:

200 ގްރާމް މާރީ ބިސްކޯދު
1 ސައިސަމުސާ މިކްސްޑް ސްޕައިސް
125 ގްރާމް ބަޓަރު (ދިޔާކޮށްފައި)
500 ގްރާމް ކްރީމް ޗީޒް
¾ ޖޯޑް ކެސްޓަރ ޝުގަރ
1 ސައިސަމުސާ ވެނީލާ އެސެންސް
¼ ޖޯޑް ހިކިމޭބިސްކަދުރު
2 ސައިސަމުސާ ލުނބޯތޮށި (ގާނާފައި، މައްޗަށް އެޅުމަށް)
ވިޕްޑް ކްރީމް
ތަކޫވައްކޮޅެއް (މުގުރި)

ތައްޔާރު ކުރާނެ ގޮތް:

ބިސްކޯދުތައް ފުނޑުވާލާފައި ދިޔާ ކުރި ބަޓަރާއި މިކްސްޑް ސްޕައިސް އާއި އެއްކޮށްފައި 20 ސެންޓިމީޓަރުގެ ވަށް ޓްރޭއަކަށް އަޅާފައި އޮމާންކޮށްފައި ބަހައްޓާށެވެ. ދެން ބިހާއި ހަކުރު އެއްކޮށް އޮމާންވަންދެން ގިރާލުމަށް ފަހު ފުރާނާލާފައި ޗީޒް، އެސެންސް، މޭބިސްކަދުރު އަސި ލުނބޯތޮށި އާއި އެއްކޮށްފައި ގިރާލާށެވެ.

ފުރަތަމަ ޓްރޭއަށް އަޅާފައި ހުރި ބައިގެ މައްޗަށް މިބައި އަޅާފައި އަވަނުން ފިހެލާށެވެ. ކޭކް ހިހޫވީމާ މަތީގައި ވިޕްޑް ކްރީމް ފަތުރާލާފައި މައްޗަށް ތަކޫވައްކޮޅެއް ބުރުވާލާށެވެ.