Last Updated: July 3, 05:36
Friday, July 3, 2026
ޚަބަރު

ހުޅުމީދޫ ޕޮލިސް ވެހިކަލް އެކްސިޑެންޓް ވެއްޖެ

ހުޅުމީދޫ ޕޮލިސް ސްޓޭޝަންގައި ބޭނުންކުރަމުން އައި ވެހިކަލެއް. ރޭ ވަނީ އެތަނުގެ ވެހިކަލެއް އެކްސިޑެންޓްވެ ބޭނުން ނުކުރެވޭވަރުވެފައި

ރޭ ދަންވަރު 1:00 ހާއިރު ހުޅުމީދޫގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޕޮލިސް ޖިޕެއް ކޮންޓްރޯލްނުވެ ގަހެއްގައި ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

ހުޅުމީދޫން ވާހަކަ ދެއްކި މީހަކު ބުނީ އެކްސިޑެންޓް ހިނގާފައިވަނީ މީދޫ ފުށްޓަރު ފަރާތު އަތިރި މަތިން އޮންނަ މަގުން ދުއްވާފައި ދަނިކޮށް ކޮންޓްރޯލް ނުކުރެވިގެންގޮސް އެމަގުގެ އެއްފަރާތުގައިހުރި ފުނަގަހެއްގައި ޖެހިގެންނެވެ.

މިހާދިސާ ހިނގި ވަގުތު ވެހިކަލްގައި ތިބީ ހުޅުމީދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އަންހެން ފުލުހަކާއި ފިރިހެން ފުލުހެއްކަމަށެވެ. އަދި މިހާދިސާގައި އެދެމީހުނަށް ބޮޑުގެއްލުމެއް ލިބިފައިނުވާކަމަށް އެރަށުން ވާހަކަދެއްކި މީހާ ބުންނެވެ.
.

އޭނާ ބުނީ އެކްސިޑެންޓް ހިގި ސަރަހަދުން ފެންންހުރި މަންޒަރުތަކަށް ބަލާއިރު ޕޮލިސް ޖިޕް ފުނަގަހުގައި ޖެހުމުގެކުރީން އެމަގުގެ އެއްފަރާތުގައިހުރި ރުކެއްގައިޖެހިފައިވާކަމުގެ ނިޝާންތައްވެސް ފެންނަން ހުރިކަމަށެވެ.

މިހާދިސާގައި ޖިޕަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށްވެއެވެ. ދާދި ފަހުންވެސް ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ވެހިކަލެއް ވަނީ އެކްސިޑެންޓެއް ވެފައިއެވެ. އެހާދިސާގައި ފުލުހުންގެ ވެހިކަލް ޖެހިފައިވަނީ ހުޅުދޫ ލޮރިމަގުގައި ޖަހާފައިހުރި ލައިޓް ޕޯލެއްގައިއެވެ.