މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއްގެ މައްސަލާގައި މާލެ އާއި އައްޑޫ ދެމެދު ދަތުރުކުރާ ބޯޓެއްގެ ކޭޝިއަރަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފި އެވެ.
ޕޮލިހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ "ސައިމާ" ބޯޓުގެ ކޭޝިއަރުއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އެތަކެތި އައްޑުއަށް ގެންގޮސްފައިވަނީ އޭނާގެ ބެލުމުގެ ދަށުން ކަމަށްވާތީ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނި ގޮތުގައި އޭނާގެ ބެލުމުގެ ދަށުން ގެންގޮސްފައިވާ މަސްތުވާތަކެތީގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި 16 ފިލުމު ހުސްކުރި ދަޅާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ޕެކެޓެއްވަނީ ފެނިފައެވެ. އެތަކެތީގެ ބަރުދަނުގައި 976 ގްރާމު ހުރި ކަމަށް ފުލުހުން ބުނެއެވެ.