ބަނގުރަލުގެ މައްސަލައެއްގައި ރޭ ފަތިހު ހައްޔަރުކުރި ފިލްމީ ތަރި އަދި ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ގެ ކޯޑިނޭޓަރު އަބްދުﷲ މުއާޒު ފަސް ދުވަހަށް ގޭ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މުއާ އާއި އެކު އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފައިވަނީ ބަނރުރާ ބޮއެގެން ތިބިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރު ކުރި ތަނުން ބަނގުރާ ހުރި ހަތަރު ފުޅިވެސް ފެނިފައިވާ ކަމުގައެވެ.