Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ކަނބަލުންނޭ، މިކަން ގޭގައި ވެސް ކޮށްލެވިދާނެ، އިނގޭ!

1. ހަކުރާއި ލުނބޯ ހުތް

2 މޭޒުމަތީ ސަމުސާ ހަކުރު، ލުނބޯ ހުތް އަދި 8-9 މޭޒުމަތީ ސަމުސާ ފެނާއި އެއްކޮށްލުމަށްފަހު ކައްކާށެވެ. ފެން ކެކެން ފެށުމުން އުނދުން ނިއްވާލައި، ފެން އެތި ހިހޫވަންދެން ބަހައްޓާށެވެ. އެއަށްފަހު ބޭނުންވާ ސަރަޙައްދުތަކުގައި އެ ފެން ހާކާފައި 20-25 މިނެޓަށް ބަހައްޓާށެވެ. ދެން ފިނިފެނުން ދޮވެލާށެވެ.

ހަކުރަކީ ޤުދުރަތީ އެކްސްފޯލިއޭޓިން އޭޖެންޓެކެވެ. އޭގެ މާނައަކީ އެއީ މަރުވެފައިވާ ސެލްތައް ނައްތާލަދޭ އެއްޗެކެވެ. ހަކުރު ހޫނުވުމުން އިސްތަށީގައި ތަތްލަވައެވެ. އަދި ލުނބޯ ހުތަކީ ޤުދުރަތީ ގޮތުން ހަންގަނޑާއި އިސްތަށިގަނޑު ބްލީޗްކޮށްދީ، ހަންގަނޑުގެ ކުލަ އަލިކޮށްދޭ އެއްޗެއްވެސް މެއެވެ.

2. ލުނބޯ އާއި މާމުއި

2 މޭޒުމަތީ ސަމުސާ ހަކުރާއި ލުނބޯ ހުތް އަދި 1 މޭޒުމަތީ ސަމުސާ މާމުއި އެއްކޮށްލުމަށްފަހު 3 މިނެޓް ވަންދެން ހޫނުކުރާށެވެ. އެއަށްފަހު އެ ޕޭސްޓް ތުނިކުރުމަށްޓަކައި ފެން އަޅަމުން އިތުރަށް ކައްކާށެވެ. ޕޭސްޓް ހިހޫވަމުން، ބޭނުންވާ ސަރަޙައްދުތަކުގައި ކޯންސްޓާޗް އުނގުޅުމަށްފަހު އިސްތަށި ފަޅާ ކޮޅަށް ވާހެން އެ ޕޭސްޓް ހާކާށެވެ. ދެން ވެކްސިން ސްޓްރިޕް އެއް ނުވަތަ ކޮޓަން ފޮތިކޮޅެއް ބޭނުންކޮށްގެން، އިސްތަށި ފަޅާ ކޮޅާއި އިދިކޮޅަށް އިސްތަށި ދަމާށެވެ. މާމުއި އަކީ ހަންގަނޑު މޮއިސްޗުރައިޒް ކޮށްދޭ އެއްޗެކެވެ. އެހެންކަމުން ހަންގަނޑު ހިކިކޮށް ހުންނަ މީހުންނަށް މިއީ ވަރަށް ރަނގަޅު ގޮތެކެވެ.

3. އޯޓްސް އާއި ދޮންކެޔޮ

ދެ މޭޒުމަތީ ސަމުސާ އޯޓްސް އާއި ދޮންވެ ފައްކާވެފައިވާ އެއް ދޮންކެޔޮ އެއްކޮށް ގިރާލުމަށްފަހު، ބޭނުންވާ ސަރަޙައްދުތަކުގައި އެ ޕޭސްޓް އުނގުޅާށެވެ. 15 މިނެޓަށް މަސާޖުކޮށްލުމަށްފަހު، ފިނިފެނުން ދޮވެލާށެވެ. އޯޓްސް އަކީ ވަރަށް ރަނގަޅު ހައިޑްރޭޓިން ސްކްރަބް އެކެވެ. އޭގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓް ހިމެނިގެންވުމުން ހަންގަނޑުގައި ހުންނަ ރަތްކަން ފިލުވައިދެއެވެ. މޫނުގައި ހުންނަ އިސްތަށި ނައްތާލުމުގެ އިތުރުން، މި ޕޭސްޓްގެ ސަބަބުން ހަންގަނޑު އޮމާންވެ ތާޒާވެގެންދާނެ އެވެ.

4. އަލުވި އާއި މުގު

އެއް މޭޒުމަތީ ސަމުސާ މާމުއި އެއް މޭޒުމަތީ ސަމުސާ ލުނބޯ ހުތް 5 މޭޒުމަތީ ސަމުސާ އަލުވި ޖޫހާއި އެއްކޮށްލާށެވެ. އެއް ރޭ ވަންދެން މުގު ފެނުލާފައި ބެހެއްޓުމަށްފަހު އޮމާން ޕޭސްޓަކަށް ވަންދެން ގިރާލާށެވެ. އެއަށްފަހު ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. އަދި އެ ޕޭސްޓް 20 މިނެޓް ވަންދެން ބޭނުންވާ ސަރަޙައްދުގައި ހާކާފައި ބެހެއްޓުމަށްފަހު، މުޅިން ހިކުނީމާ ދޮވެލާށެވެ.

5. ބިހުގެ ހުދު ބައި އާއި ކޯންސްޓާޗް

އެއް މޭޒުމަތީ ސަމުސާ ކޯންސްޓާޗް އާއި އެއް މޭޒުމަތީ ސަމުސާ ހަކުރު ބިހުގެ ހުދު ބަޔާއި އެއްކޮށްލުމަށްފަހު، ބޭނުންވާ ސަރަޙައްދުތަކުގައި ހާކާލާށެވެ. ޕޭސްޓް މުޅިން އެއްކޮށް ހިކުނީމާ މާސްކް ނައްޓާލާށެވެ. ބިހުގެ ހުދު ބަޔަކީ ވަރަށް ތަތްގަދަ އެއްޗެކެވެ. އަދި ހަކުރާއި ކޯންސްޓާޗް އާއި އެއްކޮށްލުމުން ހަންގަނޑު މަތީގައި ތުނި ފިލްމެއް އުފައްދައިދެއެވެ. އެހެންނަމަވެސް އެކްނޭ ހުންނަ ހަންގަނޑަށް މި ޕޭސްޓް އެހާ ރަނގަޅެއް ނޫނެވެ. އެއީ މި ޕޭސްޓްގައި ވިޓަމިން އޭ އެކިލެވިގެން ވާތީ އެވެ.