Last Updated: July 15, 11:57
Wednesday, July 15, 2026
ޚަބަރު

އެންމެ ރަނގަޅަށް އޮޕަރޭޓް ކުރާ އެއާލައިނަކަށް މޯލްޑިވިއަން

އެންމެ ރަނގަޅަށް ޚިދުމަތްދޭ އެއާލައިންގެ އެވޯޑް ގައުމީ އެއާލައިން މޯލްޑިވިއަން އަށް ލިބިއްޖެ އެވެ.

ކެނެޑާގެ ބޮމްބާޑިއާ އިން ދޭ މިވޯޑް މޯލްޑިވިއަން އަށް ލިބިފައި ވަނީ އޯޝޭނިއާ ކެޓަރީންނެވެ.

މޯލްޑިވިއަން އަށް ލިބުނު މި އެވޯޑަކީ އިންޖީނުގެ މައްސަލަތައް ދިމާ ނުވެ ރަނގަޅަށް އޮޕަރޭޓް ކުރުމާއި ގަޑި ނުޖެހި ފުރުމުގައި މުޅި އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަ ޚިދުމަތެއް ދީފައިވާތީ ލިބުނު އެވޯޑެކެވެ.

މީގެ ކުރިން ވެސް މޯލްޑިވިއަ ންއަށް ވަނީ ހަތަރު ފަހަރެއްގެ މަތިން މި އެވޯޑް ލިބިފަ އެވެ.