Last Updated: June 23, 18:18
Tuesday, June 23, 2026
ޚަބަރު

ފުވައްމުލަކުގައި އެކްސިޑެންޓްވި މީހާ އައްޑޫން މާލެ ފުރުވާލައިފި

ހުކުރު ދުވަހުގެ ރޭ ފުވައްމުލަކު ތާރުއެޅި މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާ ލިބުނު މީހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ރޭ ދަންވަރު އިތުރު ފަރުވާއަށް އޭނާ މާލެ ފުރުވާލައިފި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްއާ ހަވާލުވެ ހުންނެވި މުހައްމަދު ނަޖީބް މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ އެކްސިޑެންޓްގައި ސީރިއަސް އަނިޔާ ލިބުނު މީހާ ރޭ ދަންވަރު ޑޮކްޓަރުންނާއި ނަރުހުންނާއި އެކު ފޮނުވާލައިފާ ކަމަށެވެ.

ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް އަނބުރާލަން އުޅުމުގެ ތެރޭގައި ފަހަތުން އައި ސައިކަލަކާއި ޖެހިގެން ހިނގި އެކްސިޑެންޓްގައި ފަރުވާ ދެމުން ދަނީ ބާރު ސްޕީޑްގައި ދުއްވި ސައިކަލްގެ ފަހަތުގައި އިން މީހާއަށެވެ.

އޭނާގެ ހާލު ސީރިއަސް ކަމުން ފުވައްމުލަކު ހޮސްޕިޓަލުން އޭނާ މާލެ ފޮނުވާލުމަށް މަތިންދާ ބޯޓަށް އަރުވައި ނައްޓާލިފަހުން ސީރިއަސް ވެގެން ފަހުން ބޯޓު ވަނީ އަނބުރާ ވަނީ ގަމަށް ޖައްސާފައެވެ.

އަދި އޭގެ ފަހުން އޭނާއަށް ފަރުވާ ދީފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައެވެ.