Last Updated: June 11, 18:22
Thursday, June 11, 2026
މުނިފޫހިފިލުވުން

ޝޭކަރު "ޑާޓީ ޑާންސިން" ގެ ރިމެކިންއެއް ހަދަނީ!

މީގެ 26 އަހަރު ކުރިން ރިލީޒްވި ހޮލީވުޑްގެ ހިޓް ފިލްމް "ޑާޓީ ޑާންސިން" ގެ ރިމެކިންއެއް ހެދުމަށް ހޮލީވުޑާއި ބޮލީވުޑްގައި މަަަސައްކަތް ކުރާ ޑައިރެކްޓަރު ޝޭކަރު ކަޕޫރު ނިންމައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

"ޑާޓީ ޑާންސިން: ހަވާނާ ނައިޓްސް" އަކީ 1987 ވަނަ އަހަރު ރިލީޒްކޮށް، ގިނަ އެވޯޑްތަކެއް ވެސް ހޯދާފައިވާ ފިލްމެކެވެ. އޭގެ ތެރޭގައި އޮސްކާ އާއި ގޮލްޑެން ގްލޯބާއި ގްރެމީ ހިމެނެ އެވެ.

އެމިލް އާޑޮލިނޯ ޑައިރެކްޓްކޮށްފައިވާ "ޑާޓީ ޑާންސިން" ގެ ތަރިންގެ ތެރޭގައި ޕެޓްރިކް ސްވޭޒް، ޖެނިފާ ގްރޭ، ސިންތިއާ ރޯޑްސް އަދި ޖެރީ އޯބަޗް ފަދަ ފަންނާނުން ހިމެނެ އެވެ. "ޑާޓީ ޑާންސިން" ރިލީޒްކޮށްފައި ވަނީ މެއި 12، 1987 ގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ ފިލްމްގެ ހިންދީ ރިމެކިންއެއްް ހެދުމަށް ފިލްމް ޕްރޮޑިއުސް ކުރާ ފަރާތަށް ޝޭކަރު އަންނަނީ ފިލްމްގެ ރައިޓްސް ގަތުމުގައި އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެހެން ނަމަވެސް މިކަމާ ބެހޭ ގޮތުން އަދި ޕްރޮޑިއުސަރުގެ ވެސް އަދި ޝޭކަރުގެ ވެސް ބަހެއް ލިބޭ ގޮތެއް ނުވެ އެވެ.

ހޮލީވުޑް ފިލްމް "އެލިޒަބަތު" އާއި ބޮލީވުޑް ފިލްމް "މިސްޓަ އިންޑިއާ" ފަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޝޭކަރު މިހާރު އަންނަނީ އޭނާގެ ޑްރީމް ޕްރޮޖެކެޓް "ޕާނީ" ގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުންނެެވެ. މި ފިލްމަކީ ޔާޝްރާޖް ސްޓޫޑިއޯ ގުޅިގެން ޝޭކަރު އުފައްދާ ފިލްމެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމްގެ ބަތަލަކީ ރިތިކް ރޯޝަން އެވެ. އެހެން ނަމަވެސް އެކަން އަދި ކަށަވަރެއް ނުވެ އެވެ.