Last Updated: July 6, 17:54
Sunday, July 6, 2025
ޚަބަރު

މަލްޓި ބަލިކޮށް ސެމީގެ ފަހު ޖާގަ ފްރެންޑްސް ކްލަބަށް

މަރަދޫ ވެންބޮޅަފިށި ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ ފޯރިގަދަ ފުޓްސަލް މުބާރާތް "ވީބީ ގޯދިއްޔާ ފުޓްސަލް ކަޕް"ގެ ސެމީގެ ހަތަރުވަނަ ޖާގަ ފޭދޫ ފްރެންޑްސް ކްލަބުން ކަށަވަރުކޮށްފިއެވެ.

ފްރެންޑްސް ކްލަބް ސެމީ ފައިނަލަށް ދަތުރުކުރީ ރޭ ހިތަދޫ މަލްޓި ޖީނިއަސް ސިޓީ އާއި ވާދަކޮށް 2-0 ލަނޑުން މޮޅުވެގެންނެވެ. ފްރެންޑްސް ކްލަބުން ޖެހި ދެ ލަނޑުވެސް އެޓީމަށް ޖަހާދިނީ ރިހާމް އަބްދުލް ޤަނީއެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ރިހާމްއެވެ.

ސެމީ ފައިނަލްގައި ފްރެންޑްސް ވާދަ ކުރަންޖެހެނީ ރޭ ކުޅުނު ކްއާޓަރގެ ތިން ވަނަ މެޗް ކާމިޔާބް ކުރި ހިތަދޫ އެފްސީ ބޭރުމަތި އާއިއެވެ.

މުބާރާތުގެ ސެމީން ޖާގަ ހޯދާފައިވަނީ އެންމެ ފަހުގެ ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފޭދޫ ހަބޭސް އާއި، ކްލަބް ވީއެޗްގެ އިތުރުން ފްރެންޑްސް ކްލަބް އަދި އެފްސީ ބޭރުމަތިއެވެ.