ރައީސް ނަޝީދާ ދެކޮޅަށް ލަންޑަނުގައި އަޑު އުފުލައިފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ދެކޮޅަށް ލަންޑަނުގައި އަޑު އުފުލުމަށް ބެނާ ހިފައިގެން ތިބި ބަޔަކު އުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި އާއްމުވެއްޖެ އެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުގައި ޕޯސްޓަރުތައް ހިފައިގެން ބަޔަކު ހުއްޓިގެން ތިބެނީ ލަންޑަނުގެ ލަންޑަން ގްރޭންޖެ ހޮޓަލުގެ ބޭރުގައެވެ.

ނަޝީދު އާއި ދެކޮޅަށް ބެނާ ހިފައިގެން ތިން މީހަކު ލަންޑަން ގްރޭންޖް ހޮޓަލްގެ ބޭރުގައި ތިބިއިރު އެމީހުންގެ މޫނު ވަނީ ޕޯސްޓަރުން ނިވާކޮށްފައެވެ. ޕޯސްޓަރުތަކެއް ހިފައިގެން ތިބި ބަޔަކު އުޅޭ މަންޒަރު ފެންނަ ފޮޓޯތަކުން އެއްވެސް ދިވެއްސެއް ނުފެނެއެވެ.

ނަޝީދު އާއި ދެކޮޅަށް ލަންޑަނުގައި ސަރުކާރުން ހަރަދުކޮށްގެން މުޒާހަރާއެއް ޖައްސަން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ބުނެ މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠޮއްޔިބް ޝަހީމް ވަނީ ޓްވީޓްކޮށްފައެވެ.

ރައީސް ނަޝީދު ވަނީ މިހާރު އެ ހޮޓަލުގައި ކުރިއަށްދާ ގްލޯބަލް ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ފޯރަމް މިއަދުގެ ވަގުތެއްގައި ތަޤުރީރުކުރައްވާފައެވެ.

ލަންޑަނުގައި ނަޝީދު އާއި ދެކޮޅަށް އަޑު އުފުލާފައި ވަނީ ކޮންބައެއް ކަން ސާފުވެފައި ނުވާއިރު އެމީހުން ގެންގުޅުނު ބައެއް ޕޯސްޓަރުތަކުގައި "ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ނަޝީދު ފެއިލްވެފައިވާ" ކަމަށް ލިޔެފައިވެއެވެ.

13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް ނަޝީދު އިނގިރޭސި ހިމާޔަތް ހޯއްދަވައިގެން އުޅުއްވާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މިއީ އެމަނިކުފާނާއި ދެކޮޅަށް ލަންޑަނުގައި މިގޮތަށް އަޑު އުފުލި ފުރަތަމަ ފަހަރެވެ.

ހިޔާލު ފާޅުކުރައްވާ 22ކޮމެންޓް

  • އެމީހުންނަށް އެނގޭތަ މިވީހާދުވަހު އޭނަ އޮތީ ޖަލުގަ ކަމެއް، ކުށްވެރިޔަކު ކިހިނެތް ތަނެއް ކާރބަން ނިއުޓްރަލް ކުރާނީ، މިނިވަންކަމުގެ ނޭވާވެސް ލެވުނީ ލަންޑަނަށް ދެވުނީމަ. ހަމަ ބޯޑުތަކެއް ދޭއިރަށް ކޮންމެ ބަޔަކު ކޮންމެ ކަމަކާވެސް މުޒާހަރާ ކޮށްފާނެދޯ

  • ޕީޕީ-ޔ ފެކުށަން ކުދިން ފޮނުވައިގެން ތިއުޅެނީ

  • ތީ ކުލީ މުޒާހަރާ. ޢިސްޓު ލަންޑަންގެ ފަގީރު ހިސާބުގައި ދިރިއުޅޭ ކެރީބިއަނގެ ރެފިއުޛި ކުދީންކޮޅަކަށް މެންދުރު ކާންދިނުމުން ތިކަން ކޮއްދީފަ ތިއޮތީ.

  • ފެނަނަނީ ލާރިކޮޅެއް ދީފަ ފޮނުވާފަތިބި ދެ މިއުޅޭވައްތަރުގެ ޒުވާނުން ހެން

  • Kithanme varakai ptopegenda ufadhdhan ilhunas thiyakamei nuvaane. Mi raajjeyge raeesakee adhives gina meehun gabool kuraa gothugai raees nasheedh. Fiththaalaigen hama thibrn jeheynee raees nasheed thagreerves kuraane

  • ތިވާނީ ސަރުކާރުން ބަޔަކަށް ލާރި ދީގެން ހިންގި ބޮޑު ޖަރީމާއަކަށް

  • ތިޔާއުޅެނީ ޕީޕީ މެނައް ޙަޖަމް ނުވެގެން 3ބޯޑު ދީފަ 4ޕާޓޭއިން ނެރުނަކަސް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަކައް ކަހެރުވަކެކޭވެސް ހީނުވާނެ އެމަނިކުފާނު ތަޤުރީރު ވެސް ކުރާނެ.. ޕަކާސް

  • Kobaa muzaaharaa kurumun Raees Nasheed vanee Ingireysi villaathun beyrukoh thaqreeru kurun ves huttuvaafa anna jalsa gai YAMEEN thaqreeru
    !!! dheygothah hama jassaafa

  • އެ ޕޯސްޓަރު ހިފައިގެން ތިބި ދެމީހުން މޫނު ފޮރޮވައިގެން ތިއްބަސް އިނގޭ އެއީ ހަންކޅު އެފްރިކާ ބައެއްކަން. ލަންޑަންގައި އުޅޭ އެފްރިކާ ރެފިއުޖީންނަށް ގަޑިއަކަށް 10 ޕައުންޑް ދީގެން ކުރުވިކަމެއް ތީ.

  • ސަރުކާރުން ބަޔަކަށް ލާރި ދީގެން ކުރުވި ކަމަކަށް ވިޔަސް ހަގީގަތަކީ އެއީތާ. ކެރަފާ ފާދިރީ ނަޝީދުގެ މުސީބާތުގައި އިނގިރޭސި ވިލާތައްވެސް ނުކުޅަދާނަ

  • ނަޝީދު ތަނެއްގަ ތަޤްރީރު ކުރީމަ އަހަރުމެންނަށް ލިބޭނީ ކޮން އެއްޗެއްކަން ތިޔަ ބަޔަކު ބުނެދީބަލަ. އަހަންނަށް ހަމަ ނޭގޭތީ އަހާލީ.