Last Updated: April 19, 18:52
Friday, April 19, 2024
ޚަބަރު

ނައިފަރުގައި މާބަނޑު މީހަކު ކުއްލިއަކަށް ނިޔާވެއްޖެ

ޅ. ނައިފަރުގައި ކުއްލި ގޮތަކަށް މާބަނޑު މީހަކު ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ އެރަށު ބާގުބޭދާ އުމުރުން 29 އަހަރުގެ އައިޝަތު އަޒްކާ އަބްދުﷲ އެވެ. އޭނާ ނިޔާވީ ނޭވާ ހިއްލާތީ ފަރުވާދީފައިވަނިކޮށް ކުއްލިއަކަށް ހާލު ގޯސްވެގެންނެވެ.

އަޒްކާ ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް އޭނާ އޮތީ ނިޔާވެފައިކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އޭނާ ބުނީ އަޒްކާ ނިޔާވި އިރު އޭނާގެ ބަނޑަށް ހަތަރުމަސް ވަނީ ވެފައި ވާކަމަށާއި މިއީ އޭނާާގެ ދެވަނަ ދަރިފުޅުކަަމަށެވެ.

މި ޖޫން މަހުގެ 11 ވަނަ ދުވަހުވެސް ކުއްލި ގޮތަކަށް މާބަނޑު އަންހެނަކު ނިޔާފެވައި ވަނިިކޮށް ވަނީ ފެނިފައެވެ. ށ. މިލަންދޫ ފާޠިމަތު ޝަރުމާ މަރުފެވައި އޮތްވާ ފެނުނީ ހާޓް އެޓޭކެއް ޖެހިގެންކަމަށް އޭނާ ބެއްލެވި ޑޮކްޓަރ ވަނީ ބުނެފައެވެ.

ރާއްޖޭގައި ކުއްލި މަރު ގިނަ ވެފައިވާ އިރު ހާޓް އެޓޭކް ޖެހިގެން މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.