Last Updated: July 3, 05:36
Friday, July 3, 2026
ޚަބަރު

ހިތަދޫ ބަނދަރާއި އެއާޕޯޓްގެ ވެރިންނާ ފުލުހުން ބައްދަލުކޮށްފި

އައްޑޫގައި ފުލުހުން ކުރިއަށް ގެންދާ ކުށް މަދު ކުރުމުގެ ހަރަކާތުގެ ތެރެއިން ހިތަދޫ ސަރަހައްދީ ބަނދަރާއި ގަން އެއާޕޯޓްސް ކޮމްޕެނީގެ އިސްވެރިންނާ ފުލުހުން މިއަދު ބައްދަލުކޮށްފި އެވެ.

ސިޓީ ކައުންސިލް އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމުގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާއި ކައުންސިލްގެ މެމްބަރުންގެ އިތުރުން އައްޑޫގައި ތިއްބަވާ ފުލުހުންގެ އިސް ވެރިންވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މި ބައްދަލުވުމުގައި ފުލުހުން ފަށާފައިވާ "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގައި މިހާތަނަށް ފާހަގަވެފައިވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވެ އެވެ. އަދި އައްޑުއަށް މަސްތުވާ ތަކެތި އެތެކުރާ ގޮތްތައް ދެނެގަނެ އެކަން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފަ އެވެ.

މި ބައްދަލުވުމުގައި ގަމުގެ ވައިގެ ބަނދަރުގައި މަސްތުވާ ތަކެތި ސްކްރީން ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.

އައްޑޫގައި ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަނުގައި މިހާތަނަށް ވަނީ ބޮޑެތި ކުރިއެރުންތައް ހޯދާފަ އެވެ. އަދި އައްޑޫގައި އޮތް ކުށުގެ ވެށި ވަނީ ވަނީ ވަރަށް ބޮޑުތަން ރަނގަޅު ކުރެވިފަ އެވެ.