Last Updated: June 23, 11:19
Tuesday, June 23, 2026
ޚަބަރު

ނޮޔާ ޗުއްޓީ ހޭދަކޮށްލަން ރާއްޖޭގައި

ޖަރުމަނުވިލާތް އަދި ބެޔާން މިއުނިކްގެ ގޯލު ކީޕަރު މެނުއަލް ނޮޔާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.

ޖަރުމަނުގެ އެއް ނަމްބަރު ކީޕަރު ގައުމީ ޓީމާއި ދުރުގައި ހުންނަން ޖެހިފައިވަނީ އޭނާއަށް ސީޒަނުގެ ފަހު ކޮޅުގައި ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ.

ނޮޔާ ފޭސްބުކްގައި ޝާއިއު ކުރި ފޮޓޯއެއްގައި ފެނިގެން ދަނީ ރާއްޖޭގެ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައި ޗުއްޓީ ހޭދަކުރާތަނެވެ. އޭނާ ވަނީ މި ފޮޓޯގައި އޭނާ ޗުއްޓީގައި ހުރި ނަމަވެސް ގައުމީ ޓީމު މިރޭ ކުޅޭ ކޮންފެޑެރޭޝަންސް ކަޕުގެ ފުރަތަމަ މެޗަށް ނިކުތުމުގެ ކުރިން ޓީމަށް ހިތްވަރުދީފައެވެ.

ނޮޔާ އަށް އަނިޔާވެފައިވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ރިއަލް މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި އޭނާގެ ވާތު ފައި ވަނީ އަރިއަޅާލައި އަނިޔާވެފައެވެ. އަނިޔާގެ ސަބަބުން ނޮޔާއަށް ވަނީ ސީޒަން ގެއްލިފައެވެ.