Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

މަސްތުވާތަކެއްޗާ އެކު އައްޑޫން ހަ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި އައްޑޫން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އައްޑޫގައި ކުރިއަށް ގެންދާ "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތަކެއް ވިއްކަން އުޅުނު ހަތަރު މީހަކު މަރަދޫން ހައްޔަރުކޮށްފައިވާ އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ވިއްކަން އުޅުނު ދެ މީހަކު މީދޫން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަރަދޫން ހައްޔަރު ކުރި ހަތަރު މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ 22 ޕެކެޓް ފެނިފައިވާ ކަމަށެވެ. އަދި މީދޫގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ކުނޑިތަކެއް އަޅާފައި ހުރި ދެ ކަރުދާސްކޮޅާ އެކު ހައްޔަރުކޮށްފައި ވަނީ އޭގެ ވިޔަފާރި ކުރަން އުޅުނު ކަމަށް ބެލެވޭ ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.

މި ދެ މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންމެވެ.