Last Updated: July 15, 10:56
Wednesday, July 15, 2026
ޚަބަރު

މާފަންނު ގެއެއްގައި ރޯވެ ގެއްލުންތަކެއްވެއްޖެ

ގުލްހަޒާރުގޭގައި ރޯވެ ގެއްލުން ލިބިފައި، ފޮޓޯ: ސަން

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިއަދު ހެނދުނު 11:05 ހާއިރު އަލިފާން ރޯވެފައިވަނީ މާފަންނު ގުލްޒާރުވާދީގައެވެ. މުޅިންވެސް ބިދޭސީން ދިރިއުޅޭ މިގޭގައި ރޯވެފައިވަނީ މޯލްޑިވްސް ގޭސްއިން ވިއްކާ ގޭސް ފުޅިއެއްގައެވެ.

އެމްއެންޑީއެފްއިން އިން ބުނީ އެގޭގައި ރޯވި އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށެވެ. ނަމަވެސް އެގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.