Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

"ބާދްޝާހޯ" ގެ ޓީޒާ ދައްކާލައިފި

މިލަން ލުތުރިއާ ޑައިރެކްޓްކޮށްފައިވާ ފިލްމް "ބާދްޝާހޯ" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ އެކެއްގައި ރިލީޒް ކުރަން ތާވަލްކޮށްފައިވާ މި ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ އަޖޭ ދޭވްގަން، އިލިއާނާ ޑި ކްރޫޒް، އިމްރާން ހާޝިމީ އަދި އީޝާ ގުޕްތާ އެވެ.

މިއީ އަޖޭ އާއި އިމްރާން އެކުގައި ކުޅުނު ތިން ވަނަ ފިލްމެވެ. އެ ދެ މީހުން މީގެ ކުރިން ވަނަ ހަމަ މިލަން ޑައިރެކްޓް ކުރި "ވަންސް އަޕޮން އައި ޓައިމް އިން މުބްމާއީ" އާއި މަދޫރް ބަންޑާކަރްގެ "ދިލް ތޯ ބައްޗާ ހޭ ޖީ" ގައި މަސައްކަތްކޮށްފަ އެވެ.

މީގެ އިތުރުން "ބާދްޝާހޯ" އަކީ އިލިއާނާ އާއި އީޝާ ވެސް އެކުގައި ކުޅުނު ދެ ފިލްމެވެ. އެ ދެ މީހުން އެންމެ ފަހުން އެކުގައި ފެނިގެން ގޮސްފައި ވަނީ އަކްޝޭ ކުމާރާ އެކު "ރުސްތުމް" އިންނެވެ.

"ބާދްޝާހޯ" އިން ވިތުޔަތު ޖަމްވަލް ވެސް ފެނިގެން ދާނެ އެވެ.

މި ފިލްމަކީ 1975 ގައ އިއުލާންކޮށްފައި އޮތް އިމަޖެންސީ ހާލަތުގެ ތެރޭގައި ހިނގާ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ.