Last Updated: April 19, 21:23
Friday, April 19, 2024
ޚަބަރު

އެންމެ ރަނގަޅު އެއާލައިނަކަށް ގަތަރު އެއާވޭޒް

މި އަހަރުގެ އެންމެ ރަނގަޅު އެއާލައިނަކަށް ގަތަރް އެއާވޭސް ހޮވިއްޖެ އެވެ. މި

އީ ދުނިޔޭގެ އެއާލައިނުތަކާ ބެހޭ އެންމެ ނުފޫޒު ގަދަ ވެބްސައިޓު، ސްކައިޓްރެކްސް އިން ދުނިޔޭގެ އެންމެ ރަނގަޅު އެއާލައިނަކަށް ގަތަރް އެއާވޭސް ހޮވުނު ހަތަރުވަނަ ފަހަރެވެ.

އަންގާރަ ދުވަހު ފްރާންސުގެ ވެރިރަށް ޕެރިހުގައި ބޭއްވުނު "ޕެރިސް އެއާ ޝޯ 2017" ގައި ގަތަރް އެއާވޭސްއަށް މިޝަރަފު އަރުވާފައިވަނީ 'ވޯލްޑް އެއާލައިން އެވޯޑްސް" ގައެވެ.

އޭވިއޭޝަންގެ އޮސްކާ އެވޯޑްސްގެ ނަމުން މިއެވޯޑު ހަފްލާ މަޝްހޫރުވެފައިވާއިރު ގަތަރް އެއާވޭސް ވަނީ މިއެވޯޑު މީގެ ކުރިން ތިން އަހަރު ހޯދާފައެވެ. އެއީ 2011، 2012، އަދި 2015 ވަނަ އަހަރުގައެވެ.

މިދިޔަ އަހަރު ގަތަރް އެއާވޭސް ވަނީ އެމިރޭޓްސްއާއި ވާދަކޮށް ބަލިވެފައެވެ. އެހެން ނަމަވެސް މިއަހަރު އަނެއްކާވެސް ދުނިޔޭގެ އެއްވަނަ އެއާލައިނަކަށް ހޮވި ގަތަރް އެއާވޭސް ވަނީ ފާއިތުވެދިޔަ 10 އަހަރު ތެރޭގައި ހަތަރުވަނަ ފަހަރަށް އެވޯޑު ހާސިލުކޮށްފައެވެ.

މިއަހަރުގެ ގަދަ 10 އެއާލައިނުގެ ތެރޭގައި އެމިރޭޓްސް، އެތިހާދް، ސިންގަޕޯ ފަދަ ބޮޑެތި އެއާލައިނުތައް ވަނީ ހިމެނިފައެވެ.