Last Updated: April 26, 18:07
Friday, April 26, 2024
ރިޕޯޓް

ރޯދަ ރަހަ: އަލުވި ބޯކިބާ

ބޭނުންވާ ތަކެތި:

½ ކިލޯ އަލުވި (ކިއުބްކޮށް ކޮށައި ތެލުލާފައި)
2 ފިޔާ (ކޮށާފައި)
1/3 ޖޯޑް ހިކަނދިފަތް
1 ދަޅު މަސް
1 ބޮޑު ގިތެޔޮ މިރުސް
½ ލުނބޯ ހުތް
6 ބިސް
ލޮނު

ތައްޔާރު ކުރާނެ ގޮތް:

ފިޔާ، ހިކަނދިފަތް، މިރުސް، ލޮނު އަދި ލުނބޯ ހުތް އެއްކޮށްފައި ރަނގަޅަށް މޮޑެލާށެވެ. އެއަށް ފަހު އޭގެ ތެރެއަށް މަސްދަޅު އަޅާފައި އެއްކޮށްލުމަށް ފަހު ތެލުލާފައި ހުރި އަލުވި ކިއުބްތައް އަޅާފައި އެއްކޮށްލާށެވެ.

ރަނގަޅަށް އެއްކުރެވުނީމާ ދެން އޭގެ ތެރެއަށް ބިސް އަޅާފައި އެއްކޮށްލާށެވެ. އަލުވި ހުންނަންވާނީ ކިއުބްކޮށެވެ. އެހާ ބޮޑަށް މޮޑޭކަށް ނުޖެހޭނެ އެވެ.
މަސްގަނޑު ހެދުނީމާ، ތަވާގައި ރަނގަޅަށް ތެޔޮ ހާކާލުމަށް ފަހު މަސްގަނޑު އޭގެ ތެރެއަށް އަޅާފައި ފަތުރާލާށެވެ. ދެން އުނދުން މަޑުގިނީގައި ބަހައްޓައިގެން ފިހެލާށެވެ.