Last Updated: June 23, 11:19
Tuesday, June 23, 2026
ކުޅިވަރު

މަލްޑިނީ ޓެނިހާ ދިމާލަށް މިސްރާބު ޖަހައިފި

ފުޓުބޯޅައިގެ ތާރީޚު ދުށް އެންމެ މޮޅު އެއް ޑިފެންޑަރު ކަމަށްވާ އިޓަލީ އަދި އޭސީ މިލާނުގެ ކުރީގެ ކެޕްޓަން، ޕައޮލޯ މަލްޑީނީ ޕްރޮފެޝަނަލް ޓެނިސް މުބާރާތަކަށް ކޮލިފައިވެއްޖެއެވެ.

މަލްޑީނީ ވަނީ ކޮލިފައި މެޗެއްގައި ސްޓެފަނޯ ލަންޑޯނިއޯ އާއެކު ޑަބަލްސް ކުޅެ މޮޅުވެފައެވެ. ލަންޑޯނިއޯ ވަނީ މަލްޑީނީގެ ފުޓުބޯޅަ ކެރިއަރު ނިންމާލުމަށްފަހު ޓެނިސް ކުޅުމުގައި ކޯޗުކަން ކޮށްދީފައެވެ.

ދެކުޅުންތެރިން އަންނަ ބުރާސްފަތި ދުވަހު ފެށޭ ޗެލެންޖާ ޓުއާގެ އަސްޕްރިއާ ޓެނިސް ކަޕްގައި ވާދަކުރުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. ޗެލެންޖާ ޓުއާއަކީ އެންމެ މޮޅު ކުޅުންތެރިންވެސް ބައިވެރިވާ ޓުއާއެކެވެ.

މަލްޑީނީ ވަނީ މިލާނުގައި ހޭދަކުރި 31 އަހަރުގައި ޗެމްޕިއަންސް ލީގު 5 ފަހަރު ކާމިޔާބުކޮށް، ލީގު 7 ފަހަރު ކާމިޔާބުކޮށްފައެވެ. ދުނިޔޭގެ އެންމެ ކާމިޔާބު ކުޅުންތެރިންގެ ލިސްޓުން މަލްޑީނީ ވަނީ 2009 ވަނަ އަހަރު ރިޓަޔާ ކުރިއިރު ޖާގަ ހޯދާފައެވެ.