Last Updated: April 25, 09:40
Thursday, April 25, 2024
ޚަބަރު

ނިމާލް އެމްއާރްޑީސީގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ނިމާލް އިސްތިއުފާ ދެއްވައިފި އެވެ.

ކުރިން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި ނިމާލް އެމްއާރްޑީސީން އިސްތިއުފާ ދެއްވާފައި މި ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބްގެ ކެމްޕެއިންއަށް ވަގުތު ދެއްވުމަށް ކަމަށް ނިމާލް ވަނީ ވިދާޅުވެފަ އެވެ.

ނިމާލަކީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބްގެ ޕީޕީއެމްގެ ކެމްޕެއިން މެނޭޖަރެވެ. އެއިންތިހާބްގައި ޕީޕީއެމްއަށް އެދެވޭ ކާމިޔާބެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ރިޔާސީ އިންތިހާބާއި ގުޅިގެން ނިމާލް އިސްތިއުފާ ދެއްވިއިރު ފެނަކަ ކޯޕަރޭޝަނުން ޑޮލަރު ހޯދުމަށް އަމިއްލަ ކުންފުންޏަކަށް ދޫކުރި 1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 17 މިލިއަން ރުފިޔާ) ގެ ޗެކްތަކެއް ބައުންސްވި މައްސަލަ ފެންމަތިވެފައިވަނީ ނިމާލްގެ އެމްޑީ ކަމުގައެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީން ވަނީ ނިމާލް ފެނަކައިން ވަކިކޮށް އެމްއާރްޑީސީގެ އެމްޑީ ކަމާއި ހަވާލުކޮށްފައެވެ.

ފެނަކަ ކޯޕަރޭޝަނަށް ލިބެންޖެހޭ 17 މިލިއަން ރުފިޔާ ނުލިބިވާ އިރު އެފައިސާ ހޯއްދަވައި ދެއްވުމުގައި އަމިއްލައަށް މަސައްކަތް ކުރައްވާނެ ކަމަށް ނިމާލުވަނީ މީގެ ކުރިން ވިދާޅުވެފައެވެ.