Last Updated: June 23, 11:19
Tuesday, June 23, 2026
ކުޅިވަރު

ރޮނާލްޑޯގެ ލަނޑާ އެކު ޕޯޗުގަލް އަށް މޮޅެއް

ފީފާ ކޮންފެޑެރޭޝަންސް ކަޕްގައި ޕޯޗްގަލް އާއި ރަޝިޔާ ބައްދަލު ކުރި މެޗު 0-1 އިން ޕޯޗުގަލް ކާމިޔާބުކޮށްފި އެވެ.

މެޗުގެ 8 ވަނަ މިނެޓުގައި ރޮނާލްޑޯ ޖެހި ގޯލު ވަނީ ޔޫރޮޕުގެ ޗެމްޕިއަނުންނަށް މެޗު ކާމިޔާބު ކުރުމަށް ފުދިފައެވެ.
މުޅި މެޗުގައި ވެސް ޕޯޗުގަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ރޮނާލްޑޯ ވަނީ މިމެޗުގައި ވިދާލާފައެވެ.

މިރޭގެ މޮޅާއެކު ޕޯޗުގަލް ވަނީ ތާވަލުގެ އެއްވަނައަށް 4 ޕޮއިންޓާއެކު އަރައި، ރަޝިޔާ ފަހަތަށް ޖައްސާލާފައެވެ. ރަޝިޔާއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ރިއަލް މެޑްރިޑުގައި ކާމިޔާބު ސީޒަނެއް ހޭދަކުރި ޕޯޗުގަލް ކެޕްޓަން ރޮނާލްޑޯ މިރޭ ކުޅެފައިވަނީ މިސީޒަނުގައި އޭނާ ކުޅުނު 53 ވަނަ މެޗެވެ.