Last Updated: June 30, 04:35
Monday, June 29, 2026
ރިޕޯޓް

ރޯދަ ރަހަ: ކެރަމަލް ޕުޑިން

* ބޭނުންވާ ތަކެތި:



2 ދަޅު ގެރިކިރު

12 ބިސް

2 ޖޯޑް ފެން
2 ސައިސަމުސާ ވެނީލާ އެސެންސް
3 މޭޒުމަތީ ސަމުސާ ހަކުރު



* ތައްޔާރު ކުރާނެ ގޮތް:

ބިހާއި ކިރު އަދި ފެން އެއްކޮށް މިކްސަރުން ރަނގަޅަށް ގިރާލާފައި އެސެންސް ވެސް އެއްކޮށްލާށެވެ. ދެން ޓްރޭއެއް އުނދުން މައްޗަށް އުދާލާފައި ހަކުރުކޮޅު އަޅާފައި ބްރައުން (މުށި) ކުލަ އަރަންދެން ބަހައްޓާށެވެ.
އެއަށް ފަހު ޓްރޭ އުނދުނުން ބޭލުމަށް ފަހު ގިރާފައި ހުރި ބައި ޓްރޭއަށް އަޅާފައި އާވިން ކައްކާށެވެ. ނުވަތަ އަވަނުން ފިހެލާށެވެ.