Last Updated: June 11, 17:05
Thursday, June 11, 2026
މުނިފޫހިފިލުވުން

"ޝާދީ ކޭ ސައިޑް އިފެކްޓްސް" ގެ ޝޫޓިން ފަށައިފި

ވިދިޔާ ބާލަން އާއި ފަރްހާން އަހުތަރު ލީޑް ރޯލް ކުޅޭ "ޝާދީ ކޭ ސައިޑް އިފެކްޓްސް" ގެ ޝޫޓިން ފަށައިފި އެވެ.

މި ފިލްމަކީ 2006 ވަނަ އަހަރު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި "ޕިޔާރް ކޭ ސައިޑް އިފެކްސް" ގެ ސީކްްއެލްއެކެވެ. މި ފިލްމްގެ ލީޑް ރޯލް ކުޅެފައި ވަނީ މަލިކާ ޝަރާވަތު އާއި ރާހުލް ބޯސް އެވެ.

އެހެން ނަމަވެސް "ޝާދީ ކޭ ސައިޑް އިފެކްޓްސް" ގެ އެ ދެ މީހުން ފެނިގެނެއް ނުދާނެ އެވެ. މި ފިލްްމް ވެސް ޑައިރެކްޓް ކުރަނީ ފުރަތަމަ ފިލްމް ޑައިރެކްޓް ކުރި ސަކެތު ޗައުދަރީ އެވެ. ކުރީ ފިލްމާ އެއްގޮތަށް މި ފިލްމް ވެސް ޕްރޮޑިއުސް ކުރަނީ ޕްރިޓިޝް ނަންޑީ ކޮމިއުނިކޭޝަންސް އިންނެވެ. އެކަމަކު މި ފަހަރު ފިލްމްގެ ޕްރޮޑިއުސް ކުރުމުގައި އެކްތާ ކަޕޫރުގެ ބަލާޖީ މޯޝަން ފިކްޗާޒް ވެސް ބައިވެރިވެ އެެވެ.

"ޝާދީ ކޭ ސައިޑް އިފެކްޓްސް" އަކީ "ދި ޑާޓީ ޕިކްޗާ" އާއި "ކަހާނީ" ފަދަ ބްލޮކްބަސްޓާ ފިލްމްތަކުން ފެނިފައިވާ އަދި މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ކައިވެންޏަށް ފަހު ވިދިޔާ މަސައްކަތް ފެށި ފުރަތަމަ ފިލްމެވެ. އަދި މިއީ ފަރްހާން އާއި ވިދިޔާ އެކުގައި ސްކްރީނުން ފެންނަ ފުރަތަމަ ފަހަރެވެ.

"ޝާދީ ކޭ ސައިޑް އިފެކްޓްސް" ގައި ކިޔައި ދޭނީ ކަައިވެންޏަށް ފަހު ހަޔާތަށް އަންނަ އެކިއެކި ބަދަލުތަކާއި އެއިން ކުރާ އަަސަރުތަކެވެ.

މި ފިލްމް ސިނަމާތަކަށް އަންނާނީ ޑިސެންބަރު މަހުގެ 6 ވަނަ ދުވަހު އެވެ.