Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ގަމުން ލަންކާ އަށް ދެކޮޅަށް 262 ޑޮލަރަަށް، އެއްކޮޅު 150 ޑޮލަރަށް

ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް ސްރީ ލަންކަން އެއާލައިންސް އިން ގަމާއި ލަންކާ އާ ދެމެދު ދަތުރު ކުރަން ހާއްސަ ފެއާއެއް ތައާރަފުކޮށްފި އެވެ.

އެ އެއާލައިންގެ ރާއްޖޭގެ އެޖެންޓް އޭސް އޭވިއޭޝަން ސާވިސަސް މޯލްޑިވްސް އިން ބުނީ ހާއްސަ އަގުތަކެއްގައި ޓިކެޓް ވިއްކާނީ ހަމައެކަނި މި މަހުގެ 24 ގައި ކަމަށެވެ.

އެހެންވެ އެ ތާރީހުގެ ބޭނުން ހިފައި، ފުރުސަތު ނަގާނުލަން އޭސް އިން ވަނި އެދިފަ އެވެ.

މި ފެއާގައި ދެކޮޅު ޓިކެޓެއް ވިއްކަން ހަމަޖައްސާފައި ވަނީ 262 ޑޮލަރަށެވެ. އެއްކޮޅު ނަމަ 150 ޑޮލަރަށެވެ.

ގަމާއި ލަންކާގެ ކޮލޮމްބޯއާ ދެމެދު ސީދާ ދަތުރުތައް ފެށި ފަހުން ތަފާތު އެކި ފެއާތައް އަންނަނީ ބާއްވަމުންނެވެ.