Last Updated: July 15, 10:56
Wednesday, July 15, 2026
ޚަބަރު

ކަނޑުހުޅުދޫ ގާޒީގެ ސައިކަލްގައި "ރޯކޮށްލި" ދެ މީހަކު ހައްޔަރުކޮށްފި

ގދ. ކަނޑުހުޅުދޫ ކޯޓުގެ މެޖިސްޓޭރޭޓް ހަސަން ދީދީ އާއި އެރަށު ސްކޫލްގެ ލީޑިން ޓިޗަރު އަޝްރަފް އަބްދުﷲގެ ސައިކަލްގައި ރޯކޮށްލި މައްސަލާގައި ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފި އެވެ.

ބުދަ ދުވަހުގެ ރޭ ފަތިސް ނަމާދަށް މެޖިސްޓްރޭޓް އާއި ލީޑިން ޓީޗަރު ތިއްބަވަނިކޮށް އެމީހުންގެ ސައިކަލް ރޯކޮށްލުމާއި ގުޅިގެން ސައިކަލްތައް ވަނީ ބޭނުން ނުކުރެވޭ ވަަރަށް އަނދާފައެވެ.

ކަނޑުހުޅުދޫން ވާހަކަ ދެއްކި މީހަކު ބުނީ ހަސަން ދީދީ ސައިކަލްގައި ބަޔަކު ރޯކުރަނިކޮށް އެރަށު މީހަކަށް ފެނިފައިވާ ކަމަށާއި އެމީހާ ވަނީ ފުލުހަށް ބަޔާން ދީފައި ކަަމަށެވެ. އަަދި ހައްޔަރު ކުރި ދެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް އެމީހާ ބުންޏެވެ.

މިހާދިސާގައި ހައްޔަރު ކުރި ދެ މީހުން މިހާރު ވަނީ ތަހްގީގަށް ގެމަނަފުށީ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައެވެ.