Last Updated: June 11, 17:05
Thursday, June 11, 2026
ވިޔަފާރި

ލިންކް ސާވުން ވެދަ ޕްރޫޕް ކެމެރާއެއް ތައާރަފްކޮށްފި

ފުޅާ ދާއިރާއެއްގައި ސެކިއުރިޓީ ސިސްޓަމާއި ސަވައިލެންސް ކެމެރާ ފަދަ އާ ޓެކްނޮލޮޖީގެ އާ އުފެއްދުންތައް ވިއްކާ ލިންކް ސާވުން ވެދާ ޕްރޫފް ސަވައިލެންސް ކެމެރާއެއް ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

މިހާރު ކުރިއަށްދާ "އެސްޓީއޯ މޯލްޑިވްސް ލިވިން އެކްސްޕޯ" ގައި ލިންކް ސާވުން ތައާރަފް ކުރި ކެމެރާގައި މޯޝަން ޑިޓެކްޝަން ފަންކްޝަން އާއި ވައިފައި އަދި އައިއާރު ރޭގަނޑު އަދި ދުވާލު ވެސް ބޭނުން ކުރެވޭ ފަންކްޝަންތައް ހިމެނެ އެވެ.

ލިންކް ސާވްގެ އޮފިޝަލަކު ވިދާޅުވީ މޯޝަން ޑިޓެކްޝަން ފަންކްޝަން ހުރުމުން ޕްރޮގްރާމްކޮށްފައި ހުންނަ މޫނެއް ކެމެރާ އާ ވަކި ހިސާބަކަށް ކައިރިވުމުން އަމިއްލަ އަށް ތަޅު ހުޅުވައި ވެސް ދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މި ކެމެރާއަކީ ވަރަށް ހައި ކޮލިޓީގައި މަންޒަރު ވެސް ފެންނަ ގޮތަށް ހަދާފައިވާ ކެމެރާއެއް ކަމަށެވެ.

"އައިއާރު ވެދާ ޕްރޫފް ބުލެޓް"ގެ ނަމުގައި ޒެޑްކޭ ވިޝަން އިން އުފައްދާފައިވާ މި ކެމެރާއަކީ ވަރަށް އިތުރުބާރު ހިފޭ ގޮތަށް އުފައްދާފައިވާ ކެމެރާއެއް ކަމަށް ލިންކް ސާވްގެ އޮފިޝަލް ވިދާޅުވި އެވެ.