Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

ހިތަދޫގައި އަލުން އެޖެންޓް ޕޯސްޓް އޮފީހެއް ހުޅުވައިފި

ހިތަދޫގައި ވަރަށް ގިނަ އަހަރުތަކެއް ވަންދެން ހިންގި ޕޯސްޓް އޮފީސް ބަންދު ކުރުމަށް ފަހު، އައުޓްސޯސްކޮށްގެން އެ އަވަށުގައި ހުޅުވި އެޖެންޓް ޕޯސްޓް އޮފީސް މިދިޔަ މެއި މަހުގެ ތެރޭގައި ބަންދުކޮށްފައި ވަނިކޮށް، ހިތަދޫގައި އަނެއްކާ ވެސް އެޖެންޓް ޕޯސްޓް އޮފީހެއް ހުޅުވައު ހިދުމަތް ދޭން ފަށައި އެވެ.

މި ފަހަރު ހިތަދޫ އެޖެންޓް ޕޯސްޓް އޮފީސް ހުޅުވާފައި ވަނީ ހިތަދޫ ޒިޔާރަތްފަންނު މަގުގައި ހުންނަ އެފް 1 ފިހާރަގައެވެ. އެވެ.

އެތަން ހުޅުވައި ހިދުމަތް ދޭން ފެށުމާ އެކު، ކުރިއެކޭ އެއްގޮތަށް އެޖެންޓް ޕޯސްޓް އޮފީސް މެދުވެރިކޮށް ދޭ ހިދުމަތްތައް މިހާރު އާންމުންނަށް ލިބެމުން ދާނ އެވެ.

ހިތަދޫ ބޮޑު މަގުގައި ކުރިން ހިންގި ޕޯސްޓް އޮފީސް، އެ އަަވަށު ބުރިކެޑަ މަގަށް މިދިޔަ އަހަރުގެ ކުރީކޮޅު ބަދަލު ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ ޕޯސްޓް އޮފީސް ބަންދުކޮށް، އެތަނުގެ މުވައްޒަފުން ވަނީ ފޭދޫ ޕޯސްޓް އޮފީހަށް ބަދަލުކޮށްފަ އެވެ.

އޭގެ ފަހުން ހިތަދޫގައި ހުޅުވި އެޖެންޓް ޕޯސްޓް ބަންދު ކުރީ އެކަށީގެންވާ ގޮތަށް ހިދުމަޔް ނުދެވިގެންނެވެ.