ހިތަދޫގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިޔަސް އަނިޔާތަކެއް ލިބުނު މުންސިފަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
މިއެކްސިޑެންޓުގައި ދެން އަނިޔާވި އާއިޝްގެ ބޮލަށް ޒަޚަމްތަކެއް ލިބިފައިވި ނަމަވެސް އޭނާގެ ހާލު ސްޓޭބަލް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އެކްސިޑެންޓްގައި އާއިޝްގެ ބޯ ފަޅައިގެން ދުވާރު މައްޗަށް ގިނަ އަދަދެއްގެ ލޭ ފައިބާފައި ހުރި ކަމަށް މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދީފައިވެ އެވެ.
ހިތަދޫ ބޮޑުމަގުގައި ހުންނަ 3އެސް ފިހާރަ ކައިރީގައި ހިނގި މިއެކްސިޑެންޓުގައި ދެ ޒުވާނަކަށް ވަނީ އަނިޔާވެފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ ޕިކަޕަކާއި ސައިކަލެއް ޖެހިގެންނެވެ.
މަންޒަރު ދުށް ފަރާތަކުން "އައްޑޫލައިވް" އަށް ކިޔާދީފައިވާ ގޮތުގައި ދެ ފަރާތުންވެސް ދުއްވާފައި ދިޔައީ ބާރު ސްޕީޑެއްގަ އެވެ. އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު އިރުއޮއްސި 6:15 އެހާކަށްހާއިރެވެ.