Last Updated: June 23, 10:04
Tuesday, June 23, 2026
ޚަބަރު

ހުޅުމާލޭ އިމާރާތަކުން ވެއްޓި ބިދޭސީއަކު މަރުވެއްޖެ

ހުޅުމާލެ

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ފްލެޓެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު ވެއްޓި، ލިބުނު ޒަޚަމްތަކަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވެފައިވަނީ މިހާދިސާގައި މަރުވެފައިވަނީ ބަންގްލަދޭޝްގެ 35 އަހަރުގެ ރައްޔިތެއް ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބިދޭސީ މީހާ އިމާރާތުން ވެއްޓިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އޭނާ މަރުވެފައިވަނީ މިއަދު އިރުއޮއްސި 6:30 އެހާކަށްހާއިރުގައެވެ.

ޚަބަރު ލިބޭ ގޮތުގައި އޭނާ މަސައްކަތް ކުރަމުން ގެންދިޔައީ ހުޅުމާލޭގައި ފުލުހުންނަށް އިމާރާތްކުރަމުންދާ ފްލެޓެއްގައެވެ.

ތަފްސީލު އަންނަނީ..