މާލެ އަތޮޅު ގުރައިދޫ ގޮނޑުދޮށުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށު ގޮނޑުދޮށުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 319 ޕެކެޓު ވަނީ ފެނިފައެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިތަކެތި ހޯދާފައިވަނީ އާންމު ފަރާތަކުން ދިން މައުލޫމާތަކާއި ގުޅިގެން އެސަރައްހަދު ހޯދަމުން ދަނިކޮށެވެ.