މެންޗެސްޓާ ޔުނައިޓެޑާއި މިސީޒަނުގައި އަލަށް ގުޅުނު ވިކްޓާ ލިންޑެލޯފް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސް، ލޯބިވެރިޔާ މަޖާ ނިލްސަންއާ އެންގޭޖްވެއްޖެ އެވެ.
ނިލްސަން ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓު މެދުވެރިކޮށް ލިންޑެލޯފާއި އެންގޭޖްވިކަން އަންގާފައެވެ. ޖޫން މަހު ކުރީކޮޅު ޔުނައިޓެޑާއި ގުޅުމަށްފަހު ޗުއްޓީ ހޭދަކޮށްލުމަށް ލިންޑެލޮފް ލޯބިވެރިޔާއާއެކު އައިސްފައިވަނީ ހުރަވަޅި ރިސޯޓަށެވެ.
ޕޯޗުގަލްގެ ބެންފީކާއިން ލިންޑެލޮފް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައިވަނީ 30 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭނާ ވަނީ ބެންފީކާގައި މޮޅު ކުޅުމެއް ދައްކާފައެވެ.