Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

މެމްބަރު ސައުދު ފުލުހަށް ހާޒިރުކޮށްފި

ގއ. ވިލިނގިލީ ދާއިރާގެ މަޖްލިސް މެމްބަރ ސައުދު ހުސެއިން ފުލުހަށް ހާޒިރުކޮށްފިއެވެ.

އިދިކޮޅު ފަރާތްތަކާއި ގުޅިގެން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ސައުދު މިރޭ 10 ޖެހި އިރު ފުލުހަށް ހާޒިރު ކޮށްފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވި މައްސަލައިގެ ތުހުމަތުގައެވެ. މި މައްސަލާގައި މީގެ ކުރިންވެސް ސައުދު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.

ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވި ކަމުގެ ތުހުމަތުގައި ސައުދު އާއި ގާތް ގުޅުމެއް އޮންނަ އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް ހަނީފް ވަނީ ހައްޔަރުކޮށް މިހާރު ދޫކޮށްލާފައެވެ.